YoVDO

Nitrogen: A Global Challenge (Maldivian)

Offered By: University of Edinburgh via edX

Tags

Environmental Science Courses Data Analysis Courses Sustainability Courses Agriculture Courses

Course Description

Overview

މިއީ ހަމަ ހަގީގަތުގައިވެސް ފުރިހަމަ ތޫފާނެކެވެ. ކާބޯތަކެތި ލިބުމުގެ ދަތިކަމާއި، އެއް މިންވަރަށް މި އިތުރުވަމުންދާ އާބާދީއަށް ހަކަތަ ނުލިބުމާއި ގައްވު ހޫނުވުމަކީ މި ތޫފާން އިތުރަށް ވަރުގަދަ ކުރުވާ ކަންތައްތަކެވެ. މި ހުރިހާ ދުނިޔަވީ ގޮންޖެހުންތަކުގައި ނައިޓްރޮޖަން ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. މި ކޯހުން ދަސްވެގެންދާނީ އިންސާނިއްޔަތަށް ނައިޓްރޮޖަންގެ ބޭނުން ހުރި މިންވަރާއި މުސްތަގުބަލުގައި ނައިޓްރޮޖަން ވާނީ އިންސާނުންނަށް ހުރި ރައްކަލެއްތޯ ނުވަތަ ނުރައްކަލެއްތޯއެވެ.

ނައިޓްރޮޖަންގެ ވާހަކައަކީ ވަރަށްވެސް އާދަޔާ ޚިލާފު ވާހަކައެކެވެ. ފެން ރަތްވެ، މީހުން ނޫވާ ކަމަށް ބުނާ ވާހަކައެކެވެ. މޫސުމީ ނިޒާމުތަކާއި ތަޣައްޔަރުކަން، ބޮޑެތި ޖާފަތްތަކާއި ބަނޑުހައިހޫނުކަމުގެ ވާހަކަތަކެވެ. ނައިޓްރޮޖަންއަކީ ހަމަ އެކަނި ޕީރިއަޑިކް ތާވަލުގައި ހިމެނޭ އެހެން ކެމިކަލް އުންޞުރުތަކެކޭ އެއްފަދަ އާދައިގެ އުންޞުރެއް ކަމުގައި ހީކުރަނީ ނަމަ، ނައިޓްރޮޖަންއާއި ދޭތެރޭ އަލުން ވިސްނާލުން ރަނގަޅެވެ.

މީގެ ކުރިން ކޮންމެ ރޮނގަކުން ތަޢުލީމު ހާސިލުކޮށްފައިވީނަމަވެސް، މި ކޯހުގެ ޒަރިއްޔާއިން ނައިޓްރޮޖަންއާއި ގުޅޭ އާއްމު މަޢުލޫމާތުތަކާއި ނައިޓްރޮޖަންއާއި ގުޅުންހުރި ދުނިޔަވީ ބަދަލުތައް ދެނެގަނެ، ނައިޓްރޮޖަންއާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއި މި ކަންތަތަކަށް ހައްލު ހޯދާނެގޮތް ދަސްވެގެންދާނެއެވެ. މައިގަނޑު މަޢުލޫ ތަކުގެ ތެރޭގައި، ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަން، މޫސުމީ ބަދަލުތައް، ވައި ތަޢައްޔަރުވުން، ފެން ތަޢައްޔަރުވުން، އިންސާނީ ސިއްޙަތު އަދި މިނޫންވެސް އިތުރު މަޢުލޫތައް ހިމެނެއެވެ.

ޔުނިވަރސިޓީ އޮފް އެޑިންބަރާގެ ފަހުރުވެރި ވަނަތަކެއް ހާސިލުކޮށްފައިވާ ފެކަލްޓީ ޓީމާއި އެކު އުނގެނުމުގެ ފުރުސަތު މި ކޯހުން ލިބިގެންދާނެއެވެ. މި ކޯހުގެ ޒަރިއްޔާއިން އިލްމުވެރިންގެ ޚިޔާލާއި އެއްގޮތަށް ނައިޓްރޮޖަންގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އޭގެ ސަބަނުން އިންސާނީ ދިރިއުޅުމަށް ދިމާވެދާނެ ނުރައްކާތައް ދެނެގަނެ، އެކަންކަން ހައްލުކޮށް އެކަންކަމާ ކުރިމަތިލާނެ ގޮތްތައް ދަސްވެގެންދާނެއެވެ.

މިއީ 'ނިއުޓަން-ބާބާ ވަރޗުއަލް ސެންޓަރ އޮން ނައިޓްރޮޖަން އެފިޝަންސީ'ގެ އިންޑިއާއި އަދި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ގުޅިގެން އުފައްދާފައިވާ، މިފަދަ ދުނިޔޭގެ ފެންވަރުގެ ފުރަތަމަ ކޯހެވެ. މި ކޯސް ކިޔަވައިދޭނީ ނައިޓްރޮޖަން އާއީ ތަހުލީލުގެ ދާއިރާއިން އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ފަރާތްތަކެވެ.


Syllabus

ހަފްތާ 1: ދުނިޔޭގެ ފެންވަރުގައި ނައިޓްރޮޖަންގެ ސަބަބުން ހުރި ގޮންޖެހުން

ނައިޓްރޮޖަންގެ ތަޢާރަފު އަދި ދުނިޔޭގައި ކާބޯތަކެތި އުފެއްދުމުގައި ތިމާވެށްޓަށް ލިބޭ ގެއްލުން ތައް، އަދި މޫސުމަށް އަންނަ ބަދަލުތަކުގައި ނައިޓްރޮޖަން އަދާ ކުރާ ރޯލު

ހަފްތާ 2: ނައިޓްރޮޖަން އާއި ދަނޑުވެރިކަން

ނައިޓްރޮޖަން ސައިކަލްގެ ތަޢާރަފު، ކާބޯތަކެތި އުފެއްދުމުގައި ތާރީޚަށް ބަލާއިރު ނައިޓްރޮޖަންގެ ރޯލު، ނައިޓްރޮޖަން އާއި މޫސުމަށް އަންނަ ބަދަލުތަކާ ހުރި ގުޅުން، ކުރިއަށް އޮތްތާގައި ކާބޯތަކެތި ލިބުމުގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް

ހަފްތާ 3: ނައިޓްރޮޖަންއާއި ވައި ތަޢައްޔަރުވުން

ނައިޓްރޮޖަންގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ ވައި ތަޢައްޔަރު ވާ ގޮތް، އޭގެ ސަބަބުން ކުރާ އަސަރުތައް، ޓްރެންޑްސް އަދި ކުރިއަށް އޮތްތާގައި ދިމާވާނެ ގޮންޖެހުންތައް

ހަފްތާ 4: ނައިޓްރޮޖަން އާއި ފެން

ނައިޓްރޮޖަން ފެނުގެ ނިޒާމުގެ ތެރެއަށް ވަންނަ ގޮތް، މީރުފެނާއި ކަނޑަށް މީގެ ސަބަބުން ކުރާ އަސަރުތައް، މާހައުލީ ނިޒާމުތަކަށާއި އިންސާނުންގެ ސިއްހަތަށް ކުރާ އަސަރު.

ހަފްތާ 5: ނައިޓްރޮޖަންއިން ހައްލު

ދަނޑުވެރިކަމުގައި ނައިޓްރޮޖަން ބޭނުންކުރާގޮތް ރަނގަޅުކުރުން، ރަނގަޅު ކާބޯތަކެތި އިޚްތިޔާރުކުރުން، ވަޔާއި ފެން ތަޢައްޔަރުވުމާއި ދެކޮޅަށް މަސައްކަތްކުރުން، އިންޓަގްރޭޓެޑް މެނޭޖްމަންޓް


Taught by

Andrea Moring, Dave Reay and Hannah Ritchie

Tags

Related Courses

Planet Earth...and You!
University of Illinois at Urbana-Champaign via Coursera
Disaster Preparedness
University of Pittsburgh via Coursera
Climate Change
University of Melbourne via Coursera
Science from Superheroes to Global Warming
University of California, Irvine via Coursera
Global Sustainable Energy: Past, Present and Future
University of Florida via Coursera